ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ކެމްޕެއިން އަންނިއާއެކު އިސްލާޙީ ބައިވެރިން ފަށްޓަވައިފި

 
ރިޔާސީ އިންތިޚާބުގެ ފުރަތަމަބުރުގައި އެމްޑީޕީ އިއްތިހާދުގެ ނަމުގައި ގ.ކެނެރީގޭ މުހައްމަދު ނަޝީދު، އަންނިއާއި ރަނިންމޭޓް ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ވޭތުވެދިޔަ 30 އަހަރު ވެރިކަމުގައި ހުންނެވި މައުމޫން އަބްދުލްގައްޔޫމާއި ވާދަކޮށް ހޯއްދެވި ފުރިހަމަ ކާމިޔާބީއާއެކު، ދެވަނަބުރުގައި ކެންޑިޑޭޓް ނަޝީދަށް ތާއީދުކުރުމަށް "ވަޠަން އެދޭގޮތަށް ދަމާހެ" މިނަމުގައި އިންތިޚާބްގެ ދެވަނަބުރު ހަތަރު ކެންޑިޑޭޓުންނާއި ރާއްޖޭގެ ސިޔާސީ މަސްރަހުގެ ފުންނާބުއުސް ބޭފުޅުންނާއި އެތައްހާސް ރައްޔިތުންގެ ހާޒިރުގައި ރޭ އިފްތިތާހްކޮށްފިއެވެ
 
ވަޠަން އެދޭ ގުޅުމުގައި ހިމެނެނީ އެމްޑީޕީ އިއްތިހާދު (އެމްޑީޕީ އަދި ގައުމީ އިއްތިހާދު)، ޖުމްހޫރީގުޅުން (ޖުމްހޫރީޕާޓީ، އަދާލަތުޕާޓީ އަދި މޯލްޑިވްސް ނެޝަނަލް ކޮންގްރެސް)، ނިއު މޯލްޑިވްސް (ޑރ.ހަސަން ސައީދާއި އޭނަގެ ބައިވެރިން) އަދި ލިބަރަލް ޕާޓީއެވެ. މިޖަލްސާގައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަންނިއާއި ރަނިންމޭޓް ޑރ.ވަހީދާއި ޖުމްހޫރީގުޅުމުގެ ފަރާތުން ރިޔާސީ ރޭހުގައި ވާދަކުރެއްވި ޤާސިމް އިބްރާހިމާއި އެޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ދިޔާނާ ސައީދާއި، ރިޔާސީ ރޭހުގައި އަމިއްލަގޮތުން ވާދަކުރެއްވި ޑރ.ހަސަން ސައީދާއި އޭނާގެ އަޚް ޑރ.އަހްމަދު ޖަމީލާއި، އަދާލަތުޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީއާއި އެސްއެލްޕީގެ ލިޑަރ އިބްރާހިމް އިސްމާއިލް (އިބްރާ)އާއި މޯލްޑިވްސް ނެޝަނަލް ކޮންގްރެސްގެ ލީޑަރ މޮނާޒާ މުހައްމަދު ނައީމްވެސް ވާހަކަފުޅު ދެއްކެވިއެވެ
 
މިޖަލްސާގައި ވާހަކަ ފެށްޓެވުމުގެގޮތުން ޖުމްހޫރީގުޅުމުގެ ވެރިޔާ ޤާސިމް އިބްރާހިމް ވިދާޅުވީ "އަޅުގަނޑު މިހިރީ ވަރަށް އުފަލުން. ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ހަބޭފުޅަކުވޭ. އޭގެތެރެއިން ހަތަރުބޭފުޅުން މިޖަލްސާގައި މުހައްމަދު ނަޝީދަށް ބައިއަތު ހިފައިގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ކީއްކަން ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އޮޅިވަޑައިގެންފައި ނުވާނެ. އަޅުގަނޑުމެން މިކުރާ މަސައްކަތަކީ، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން ބޭނުންވެފައިވަނީ އިސްލާހަށް، އަދި ބޭނުންވެފައިވަނީ މިއަދު މިއޮތް ވެރިކަން ބަދަލުކުރުމަށްކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ސާބިތުކޮށް އެނގިގެން ދިޔައީ 60 އިންސައްތަ ރައްޔިތުން މިހާރު މިއޮތް ވެރިކަން ބަދަލުކުރުމަށް ވޯޓް ދެއްވީތީ" ކަމަށެވެ.
 

 

ެ

ެ

 

 

 

 

 

 

 

 

 

 

 

 

 

(c) Copyright 2008 - info@voteqasim.com