|
މިފްކޯގެ މެނޭޖިންގ
ޑިރެކްޓަރު ޢާދިލް ސަލީމާއި އޭނާގެ ދަށުން މަސައްކަތް ކުރައްވާ
މިފްކޯގެ
ސީނިއަރ މުވައްޒަފުން ވަޠަން އެދޭގޮތަށް ކެމްޕޭންގެ ރިޔާސީ ކެންޑިޑޭޓް
މުޙައްމަދު ނަޝީދު (އަންނި) އަށް ތާއީދު ކުރުމަކީ ހިތްވަރުގަދަކަމުގެ
މިސާލެއްކަމަށް މިކެމްޕޭނުން ދެކެމެވެ. އަދި އެކަމަށް ސާބަސް ދީ
މަރުހަބާ
ކިޔަމެވެ.
މިފްކޯގެ އިސްވެރިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި
އެބޭފުޅުން ވިދާޅުވީ ރާއްޖެއަށް ބަދަލެއް ގެންނަން ވެއްޖެ ކަމަށް
އެބޭފުޅުންނަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި ފަހަތަށް ފިޔަވަޅު
ނާޅުއްވައި
ކުރިމަގަށް ވިސްނަވައި ވޯޓު ދެއްވުމަށް އެބޭފުޅުން ރައްޔިތުންގެ
ކިބައިން
އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މި ބަދަލު ގެނައުމުގައި ޒުވާން،
ތަޢުލީމީ މީހުން ބައިވެރިވާން ވެއްޖެ ކަމަށް އެބޭފުޅުން ދެކެވަޑައި
ގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ މިފްކޯއަކީ އެކުންފުނީގެ މުވައްޒަފުންނަށް ވަކި ސިޔާސީ
ފިކުރަކަށް ނުވަތަ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދު ކުރުމަށް މަޖުބޫރު
ކުރާ
ކުންފުންޏެއް ނޫންކަމަށާއި މިފްކޯގެ އަމާޒަކީ އެބޭފުޅެއްގެ ސިޔާސީ
ފިކުރާއެކު ކުރިއަށް ވަޑައިގަތުން ކަމަށާއި އެހެންނަމަވެސް
އިންތިޚާބުގެ
ފުރަތަމަ ބުރުގައި، ކޫއްޑޫގައި މަސައްކަތް ކުރާ އެކުންފުނީގެ އިސް
ބޭފުޅަކު ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯއްދެވުމަށް މަސައްކަތް
ކުރައްވާތީ
އެބޭފުޅާ މާލޭ ގެންނަވައި ރާއްޖެއިން ބޭރަށް ފޮނުއްވާ ލެއްވުމަށް
އޭނާއަށް
އަންގަވާފައިވާ ކަމަށެވެ.
އެބޭފުޅުންގެ ސިޔާސީ ވިސްނުމާއި ފިކުރު ހާމަކުރުމަކީ އެބޭފުޅުންނަށް
ގާނޫނުން ލިބިދީފައިވާ ހައްގެއް ކަމަށާއި އެހައްގުގެ
ބޭނުންކުރެއްވުމުން
އެބޭފުޅުން ތާއީދު ކުރައްވާ ކެންޑިޑޭޓް އިޢުލާން ކުރެއްވުމުން
އެބޭފުޅުންގެ ވަޒީފާއަށް ހުރަސް އެޅުއްވުން، ވަޒީފާ ބަދަލު ކުރެއްވުން،
ވަޒިފާއިން ވަކި ކުރެއްވުން ކަހަލަ ކަމެއް ސަރުކާރުން ނުކުރައްވާކަމަށް
އެބޭފުޅުން އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ކަމެއް
ކުރެއްވި ނަމަވެސް އެބޭފުޅުންގެ މިނިންމެވުމަށް އެއްވެސް ބަދަލެއް
ނާންނާނެ ކަމަށާއި މިނިންމުން ނިންމެވީ ގައުމާ މެދު ވިސްނަވައި
ގައުމަށް
އެންމެ ފައިދާހުރީ މިގޮތުގައި ކަމަށް އެބޭފުޅުންނަށް ކަށަވަރުވާތީ
ކަމުގައި އެބޭފުޅުން ވިދާޅުވިއެވެ.
އާދިލް ވިދާޅުވީ ރާއްޖެއަށް ބަދަލު ބޭނުންވާ ކަމަށާއި އެބަދަލު މިހާރު
ތިބިގޮތުގައި ތިބެގެން ނުގެނެވޭނެ ކަމަށާއި ބަދަލު ގެނައުމުގެ އުއްމީދު
ގެއްލިފައިވާ ދިމާ ދޫކޮށް ހުރިހާ ފަރާތްތަކުންވެސް އުއްމީދު އޮތް
ދިމާލަށް
ވަޑައިގަތުމަށް ގޮވައިލެއްވިއެވެ.
މިފްކޯގެ އިސްވެރިންގެ މިސާލަށް ތަބާވެ ރާއްޖޭގެ އެހެނިހެން
ކުންފުނިތަކުންވެސް ވަތަން އެދޭ ގޮތަށް އެމްޑީޕީއާއި ގުޅިފައިވާ
އިއްތިހާދަށް ތާއީދުކޮށް މުހައްމަދު ނަޝީދަށް މިފަހަރު ވޯޓު ދެއްވުމަށް
މިކެމްޕޭނުން ގޮވާލަމެވެ |